އުމަރު ނަސީރު

ގޭންގްތަކުގައި އުޅޭ ކުޑަކުދިން ވާނީއަށް ގެންގޮސް އިސްލާހުކުރަނީ

  • މައިންބަފައިން ނުރުހުނަސް އެ ރަށަށް ގެންދާނެ
  • ކަނުލޯބީގައި ކުދިން ހަލާކުވިޔަކަ ނުދޭނަން
  • ރޯދައިގެ ކުރިން ޕްރޮގްރާމް ފަށާނަން
ކުށުގެ ވެއްޓަށް ކުޑަ ކުދިންނާ ފުރާވަރުގެ ކުދިން ދިޔުން ހުއްޓުވުމަށް ފުލުހުން ހިންގާ ރެޑީ ކޭމްޕްގެ ތެރެއިން: މިފަދަ ޕްރޮގްރާމެއް ގޭންގްތަކުގައި އުޅޭ ކުޑަކުދިންނަށް ހިންގަން ހޯމް މިނިސްޓަރު ވަނީ ނިންމަވާފައި

އެކި ގޭންގްތަކުގައި ހަރަކާތްތެރިވަމުން އަންނަ ކުޑަކުދިން ހޯދައި، ދ. ވާނީގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް އެ ކުދިން ގެންގޮސް އެފަދަ ކުދިން އަނބުރާ މުޖުތަމައަށް ގެންނަން ހާއްސަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގަން ހޯމް މިނިސްޓްރީ އިން ނިންމައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު، "އަވަސް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އުމަރު ވިދާޅުވީ، ގޭންގްތަކުގެ ލީޑަރުންގެ ފައިގައި މިހާރު ޓެގް އަޅުވަމުންދާއިރު، ކުރިއަށް އޮތްތާ ގޭންގްތަކުގެ މެންބަރުންނަށް ކަންކަން ހަނިކޮށް، ގޭންގްތަކުގައި އުޅޭ ކުޑަކުދިން އިސްލާހުކުރުމަށް ދ. ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒަކަށް ފޮނުވާނެ ކަމަށެވެ. އެގޮތުން ގޭންގްތަކުގައި އުޅޭ ކުޑަކުދިން މި މަހުގެ ކުރީކޮޅު ވާނީގައި ހުންނަ ފުލުހުންގެ މަރުކަޒަށް ފޮނުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރޯދައިގެ ކުރިން އެ ޕްރޮގްރާމް ފެށޭނެ ކަމަށް މިނިސްޓަރު އުންމީދު ކުރައްވަ އެވެ.

ދ. ވާނީއަކީ މީހުން ބަދަލުކޮށްފައިވާ ރަށެކެވެ. މިހާރު އެރަށުގައި އުޅެނީ ފުލުހުންނެވެ.

"ގޭންގަށް ނިސްބަތްވާ ހުރިހާ ކުޑަކުދިން އަޅުގަނޑުމެން މިނަގަނީ، ނަގައިގެން އެ ކުދިން މި ގެންދަނީ ދ. އަތޮޅު ވާނީއަށް، މިހާރު އެ މައްސަކަތް އެބަ ހިނގާ، ދ އަތޮޅު ވާނީއަށް ހުރިހާ ކުދިން ގެންދެވޭނެ ގާތްގަނޑަކަށް މި މަހުގެ ކުރީކޮޅު، ކުށުގެ ވެށީގައި އެ ކުއްޖެއް ހުރި ކަމަށްވާނަމަ އެ ކުއްޖެއް ނަގާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ތަމްރީނު މަރުކަޒުގައި ގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމަކީ، ސިފައިންނާއި ޖެންޑާ މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިނިސްޓަރު ވިދާޅުވީ، ކުށުގެ ވެށީގައި އެ ކުއްޖެއް އުޅޭނަމަ މައިބަފައިންގެ ރުހުން އޮތަސް ނުވަތަ ނުރުހުމުގައި ވެސް އެ ކުދިން ވާނީއަށް ގެންދާނެ ކަމަށެވެ.

ކަނު ލޯބި ދިނުމުން ކުދިން ހަލާކުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މިހާރު ދޭން މިއުޅެނީ "ޓަފް ލަވް" ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. އެގޮތުން އެ ކުއްޖާ ރުހުނަސް ނުވަތަ ނުރުހުނަސް ކުއްޖާއަށް ރަނގަޅަށްޓަކައި ދައުލަތުން އަޅަންޖެހޭ ފިޔަވަޅެއް ދައުލަތުން އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އޭގެ ސަބަބުން ގޭންގްތަކުގައި ގެންގުޅޭ ކުޑަ ކުދިން މުޖުތަމައުން ނެގިގެން އެ ކުދިން ދާނެ، ދިޔައީމަ ދެން ތިބެނީ ގޭންތަކުގައި އިސްކޮށް ތިބޭ ފަރާތްތައް، ލީޑަރުންގެ މައްޗަށް މޮނިކޮން އަމުރު ހިނގަމުން އެދަނީ، މެދު ތެރޭ ތިބޭ ކްރައުޑަށް އަޅުގަނޑު އަންގާނަން، އަޅުގަނޑުމެން ބުނާ ތަނެއްގައި މަޑުކޮށްގެން ނުވާނެ ކަމަށް، މަޑުކޮށްފިއްޔާ ކުށްވެރިވާނެ، އެހިސާބަށް ގެންނާނަން އަދި،" އުމަރު ވިދާޅުވި އެވެ.

ރޭ މާލޭގައި ހިނގި ދެ މާރާމާރީއެއްގައި މަރުވި 14 އަހަރުގެ ދެ ކުދިން: ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި

މިހާރު މޮނިކޮން އަމުރު ތަންފީޒު ކުރަނީ އޭގެ ފުރަަތަމަ ސްޓޭޖްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި މޮނިކޮން އަމުރާ ގުޅިގެން ކުރަން ޖެހޭ ކަންކަން ވަރުގަދަ ކުރައްވައި އެ ނިޒާމަކީ ކުށްކުރާ މީހުން ބިރުގަންނަ ވަރުގެ ނިޒާމަކަށް ހަދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތްތާންގައި މޮނިކޮން ނިޒާމްގެ ދަށުން ވަކި ތަނެއްގައި ހުއްޓުން ވެސް ގޭންގްތަކުގެ މީހުންނަށް މަނާކުރާނެ ކަމަށެވެ. އެއީ، ދެވަނަ ފޭސްގެ ތެރެއިން މިނިސްޓަރު އަޅުއްވާ ފިޔަވަޅެކެވެ. އެ ފިޔަވަޅުގެ ދަށުން މިނިސްޓަރު ލިސްޓުކުރާ ބަޔަކަށް ވަކި ތަންތަނެއްގައި މަޑުކުރުން މަނާވާނެ ކަމަށާއި ހުއްޓިއްޖެ ނަމަ ނޫނީ ވަކި ސަރަހައްދަކަށް ގޮސްފި ނަމަ ކުށްވެރިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދެވަނަ ފޭސް ގެނައީމަ މިސާލަކަށް ގޭންގަކަށް ނިސްބަތްވާ ކަމަށްވާނަމަ ގޭންގެއް ޖަމާވަނީ ވަކި ކަންމައްޗަކަށް ކަމަށް ވަންޏާ، ނިޒާމް މަނާކުރާނެ އެ ކަންމައްޗަކަށް މަޑުކުރަން، އެއްވެސް ހާލެއްގައި އަޅުގަނޑު ލިސްޓްކުރާ މީހުން، އަޅުގަނޑު ލިސްޓްކުރާނެ މި ކަންމައްޗަށް މަޑު ނުކުރެވޭނެ މީހުން، ލިސްޓްކުރީމަ އޭގެން މީހަކަށް އެ ކަންމައްޗަކަށް މަޑެއް ނުކުރެވޭނެ، މަޑުކޮށްފިއްޔާ ކުށްވެރިވާނެ،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު އުމަރު ވިދާޅުވީ، މަހެއް ނުވަތަ ދެމަހެއް ތެރޭގައި މޮނިކޮން ނިޒާމްގެ ދެވަނަ ފޭސް ގެންނާނެ ކަމަށެވެ.

  • ޔުމްނާ

    އުމަރާ ތިހެން ހެދީމާ ކޮންބައެއްތޯ އަޅުގަނޑުމެން ސިޔާސީ މީހުން ބުނާ ކުދިކުދި ކަންކަން ކޮްށްލަން ތިބޭނީ! މިސާލަކަށް ފިހަރައެއްގެ ބިއްލުރިގަނޑެއް ތަޅާ ލަދިނުމާއި ސައިކަލެއްގައި ރޯކޮށްލުމާއި މިހެކަހަލަ... ހަމަ ގައިމުވެސް އަޅުަގނޑުމެންނަކަށް ނުކެރޭނެ ފުލުހުން ލައްވާ އެކަހަލަގޭސްގަނޑު ކަށްކާކަށް.. އޯކޭ ދެން އަދި ވިސްނާލާތި އިންގޭ.. މައިންޑް ޗޭންޖްވޭތޯ ބަލާލާތި! ބާއި

    REPLY
    CLOSE
  • ނަހުލާ

    އެ ދެމަރު .. ފިލްމު ހަދާނީ އަދި ފަހުން

    2
    REPLY
    CLOSE
  • ނަހުލާ

    ދެ ކުޑަކުދިންނޭ ބުނާއިރު މިއީ ދެ ޕާޓޭން

    1
    REPLY
    CLOSE
  • ހަސަނު

    ތިކަމެއް ނުވާނެ. ކިހިނެއް މާލޭގެ ހުރިހާ ބޮޑުންގެ ދަރިން ތިހެން ގެންދާނީ އެމީހުންގެ ނުރުހުމުގަ. ނިކަމެތި މީހުންގެ ދަރިން ގެންދެވިދާނެ ފަހަރުގަ.

    6
    REPLY
    CLOSE
  • މުހައްމަދު

    އައްސަރިބަހާއި ސާބަސް. އަދި އެއްކަމެއް ކޮށްދެއްވާ! އެއީ ދައުލަތުގެ ފަރާތުން ބާއްވާ އެއްވެސް މުބާރާތެއްގައި ބޯދިގުކޮށްފައި ހުރި އެއްވެސް މީހަކަށް ބައިވެރިނުވެވޭގޮތް ހައްދަވައިދެއްވާ! އާދޭހާއެކު މިކަންވެސް ކޮށްދެއްވާތޯ ދެންނެވިން.

    5
    4
    REPLY
    CLOSE
  • އަހުމަދު

    ޙުކުމް ތަންފީޒު ކޮއްބަލަ. އެއިރުން ހުރިހާ ކަމަކަށް ޙައްލު އައީ...

    10
    REPLY
    CLOSE
  • ޖަނަވާރު

    ތީތި ކަޑަ އޭ އުމަރު

    4
    10
    REPLY
    CLOSE
  • ތތ

    ދުނިޔޭގެ ބައެއް ގައުމު ތަކުގަ އޮންނަ ގޮތައް ސްކޫލް ނިންމުމަށް ފަހު ވަޒީފާއަކަށް ނުދާނަމަ މިލިޓަރީއަށް ގުޅުން ނުވަތަ ވަކި މުއްދަތެއްވަންދެން ހިދަްމަތްކުރުން މަޖްބޫރުކުރަން ފަށަން ވެއްޖެ މިތާވެސް. ސަބަބަކީ މިހާރު ސްކޫލް ނިންމާ ކުދިންނަށް ތައުލީމުގެ ފަރުސަތާއި ވަޒީފާގެ ފުރުސަތު ހޯދަން ވަރަށް އުނދަގޫ. އަދި މިހާރުގެ ސިސްޓަމް އޮންނަ ގޮތުން އޯލެވެލް ނިންމިޔަސް އެއްވެސް ސްކިލްއެއް ނުހުރޭ ކުއްޖާގެ. ސަބަބަކީ ހަމައެކަނި ޕާސްޓްޕޭޕަރު ނުބަލާ ދަސްކޮށްގެން ގޮސް ލިޔެލާ އެގްޒާމެއް މިއޮންނަނީ. އެހެން ކަމުން މިއީ އަސްލު ވަޒީފާގެ މައިދާނަށް ނިކުންނަ އިރު ސްކިލް އުފައްދައި ޑިސިޕްލިން ކުރަން ގެންގުޅޭ ގޮތެއް އެހެން ގައުމުތަކުގަވެސް. ވަޒީފާއަކަށް ނުދަންޔާ މިކަހަލަ ކަމެއް ފެށިއްޖެއްޔާ ގޭންގުތަކާއި ގުޅޭ ބޮޑުބައި މަދުކުރެވޭނެ. އަދި އެޑިއުކޭޓެޑް އަދި ސްކިލްޑް ޖީލެއް ބިނާކުރެވޭނެ.

    2
    REPLY
    CLOSE
  • ބަބުލްސޯޕް

    Nattaa

    އުމަރުގެ ވާހަކަތަކަކީ ހަމަފައްކާ ސައިބޯނި ބޮއެއްކެއް! ވާކަމެއްހަރާމް!

    4
    3
    REPLY
    CLOSE
  • ދޮގު

    ތިއީ ހަމަ ބުރާސްފަތި ދުވަހުގެ އިންޓަރވިއު އެއްތަ

    16
    1
    REPLY
    CLOSE
  • ސޯރުކުޑޭ

    މިހާތަނަށް އާއިރު އެކަކު ވެސް ނުކުރާ ވަރު އުމަރު އެބަކުރޭ، މިހާ ގޯސްކޮންއޮތް ކަމެއް ހަމަޔަކަށް އެޅެން ދުވަސް ކޮޅެއް ނަގާނެ. ތިކުރާ ހިތްވަރަށް ހަމަ ސާބަސް.

    48
    12
    REPLY
    CLOSE
  • ޒ

    ވަރަށް ރަގަޅު ކަމެއް.

    24
    7
    REPLY
    CLOSE
  • ނިއްޖޭ

    ިުސްފޮނި އަޤަ އުމަރު ތަޅަނީ.

    14
    20
    REPLY
    CLOSE

ފަހުގެ ޚަބަރު