ކުއްލި ޚަބަރު

އެމްޕީއެލްގެ ސީއީއޯ ޖުނައިދު އިސްތިއުފާ ދެއްވައިފި

ކުޅިވަރު

2016: ދިވެހި ފުޓްބޯޅަ އެތައް ތަނަކުން ފަހަތަށް!

ފުޓްބޯޅަ އަކީ ދިވެހިން އެ ކުޅިވަރަކަށް މަރުދޭ ކުޅިވަރެވެ. ކުޅިވަރުގައި ދިވެހިންނަށް ކާމިޔަބެއް ލިބުނު ކަމުގެ ހަގީގީ އުފާ ދިވެހިންނަށް ކުރެވެނީ ފުޓްބޯޅައިން ކާމިޔާބެއް ލިބުމުން ނެވެ. ފަހަތަށް ސޮސްސާ ލައިގެން ދޭނަމަ އެއީ މުޅި ކުޅިވަރަށް ލިބޭ ދެރެއެކެވެ.

ނިނިގެން ދިޔަ އަހަރަކީ ދިވެހި ފުޓްބޯޅަ އެތައްތަނެއް ފަހަތަށް ވެއްޓިގެން ދިޔަ އަހަރެކެވެ. ޖެހިޖެގެން ބައިނަލްއަގްވަމީ ތިން މުބަރަތް ދިޔައިރުވެސް ރާއްޖެއިން އަންނަން ޖެހުނީ ކާމިޔާބަކާ ނުލައެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު 23 ގައި ފެށުނު ސާފު ޗެމްޕިއަންޝިޕްގައި ދިވެހިން އަލްުވަދާއުކީ އިންޑިއާ އަތުން ބަލިވެ ސެމީ ފައިނަލުން ނެވެ.

ދަށް ނަތީޖާ ތަކެއް ހޯދުމާއި، ދިވެހިން ފޫހި ވުން

ރާއްޖެ އަތުން މީގެ ކުރިން މޮޅު ނުވާ އަފުގާނިސްތާން ފަދަ ޓީމު އަތުން ތަފާތު ނަތިޖާއަކުން ރައްޖެ ބަލިވެސް ވެއްޖެއެވެ. ކުރިން އެޓީމަކާ ދެކޮޅަށް ވަރުގަދަ ނަތީޖާ ތަކެއް ނެރުނު ބޫޓާން އަތުން މޮޅު ވެވުނީ ކިރިކިރިޔާ އެވެ.

ރާއްޖޭގެ އޭރު ހުރި ކޯޗް ނިއުޒިލޭންޑްގެ ވޯލްޑް ކަޕް ކޯޗް ރިކީ ހަބަޓްއާ މެދު ހިތް ހަމަނުޖެހޭ ކަން ކުޅުންތެރިން މީޑިއާގައި އިއުލާން ކުރިއެވެ. ބައެއް ކުޅުންތެރިން ބައެއް މުބާރާތް ތަކަށް ދާން އެއްބަހެއް ނުވިއެވެ. ރައްޖެއިން ވާދަކުރި ތިން މުބާރާތަކީވެސް އެ މުބާރާތުގެ ތަށި ރައްޖެ އަށް ހޯދޭނެ ފެންވަރުގެ ތަށިތަކެވެ. ނަމަވެސް ހުސްއަތާ ނިންމާލަން ޖެހުމުން، މުޅި ޓީމަށާއި އެފްއޭއެމް އަށް ފާޑު ކިޔުން އަމާޒުވި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ފުރަތަމަ ބުރުގައި ޔަމަން އަތުން ބަލިވީއެވެ. ހާބަޓް ވަކި ކުރަން އެފްއޭމުން ނިންމިއެވެ. ނޫނެކެވެ ހަބަޓް ވަކި ކުރީ އެއް ނޫނެވެ. ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމް އަށް ވަގުތު ނުދޭތީ، ހާބަޓްގެ އިސްތިއުފާ އޭނާ އަމިއްލަ އަށް ހުށެހެޅީއެވެ. ފުރަތަމަ އަޑު ފެތުރީ ވަކި ކުރި ކަމަށެވެ. ނަމަވެސް ފަހުން އެފްއޭއެމުން ބުނީ ހާބަޓް ވަކި ކުރުމުގެ ކުރިން އޭނާ އަމިއްލަ އަށް ވަކިވީ ކަމަށެވެ.

ފުޓްބޯޅައިގެ ތިބި ވަކި ވަކި މީހުންގެ ނުފޫޒު ފުޓްބޯޅައިގެ ތެރެއަށް އިންތިހާ އަށް އޮތެވެ. ދިވެހި ގައުމީ ޓީމު މެޗުތައް ބަލަންވެސް ފޫހިވާން ފެށި އެވެ. އެކަން އެނގުނީ ގައުމީ ޓީމު ކުޅުނު ހަތަރު މެޗުގައިވެސް ދަނޑަށް ސަޕޯޓަރުން ވަންލެ މަދު ކަމުން ނެވެ. އެއީ މިގެ ދެ ހަރެއް ނުވަތަ ތިން އަހަރު ކުރިން ނަމަ، ގަުމީ ޓީމު މެޗްތަކަށް ފުރިބާރުވާ ގައުމީ ފުޓްބޯޅަ ދަނޑެވެ. ރާއްޖޭގެ ފުޓްބޯޅަ ވެއްޓުނު ހަލަތުން އަމިއްލަ ސަޕޯޓަރުންވެސް ފުހިވީ އަންދާޒާ ކުރިވަރަށްވުރެވެސް މާ ބޮޑަށެވެ.

ކުރީ އަހަރެކޭ އެއްގޮތަށް ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައިގައި ނިމި ދިޔަ އަހަރުވެސް ވީ ފޯރި ނެތް އަހަރަކަ ށެވެ. ފުރަތަމަ ޑިވިޝަނަށް ވުރެ އިންޓަ ސްކޫލު މުބާރާތްވެސް ފޯރި ގަދަ އެވެ.

އެފްއޭއެމްގެ އެތެރޭގެ މައްސަލަ

ފުޓްބޯޅަ އަށް ދިމަވީ ގައުމީ ޓީމު ލިބުނު ދަށް ނަތިޖާ ތަކުގެ ސަބަބުން ކުރިމަތިވި ދެރަ އެކަންޏެއް ނޫނެވެ. އެފްއޭއެމްގެ އަސާސީ ގަވައިދާއި އިންތިހާބު މައްސަލަތަކުން މުޅި ދިވެހި ފުޓްބޯޅަ އަށް ގުޑުން އަރުވާލިއެވެ.

އަސާސީ ގަވައިދު ފާސް ނުކުރެވި އިންތިހާބު ނުބޭއްވި ދިގުލައިގެން ގޮސް ސަސްޕެންޝަންގެ ފިޔަވަޅު އަޅަން ޖެހިދަނެ ކަމުގެ އިންޒާރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ދިނެވެ.

މާޗް މަހު ބޭއްވި ކޮންގްރެސްގައި ފާސް ކުރި އަސާސީ ގަވައިދު ފީފާއިން ގަބޫލެއް ނުކުރި އެވެ. އެއީ ފިފާގެ އާންމު ސްޓޭންޑަޑް ތަންފީޒު ކުރުމުގެ ފުރުސަތު، ބަދަލު ތަކާއެކު ފާސް ކުރި އަސާސީ ގަވައިދުގައި ނެތުމުން ނެވެ.

ފާސް ކުރި އަސާސީ ގަވައިދާ އެކު ވެސް، ކުރިއެރުމެއް ނުލިބުމުން، އެފްއޭއެމް އަށް ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވިދު އިސްތިއުފާ ދިނެވެ. ފަހުން ފީފާއިން، ނޯމަލައިޒޭޝަން ކޮމިޓީ އަށް ބަދަލު ގެނައުމަށްފަހު ނޮޟަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ކަމަށް މަތިކުރީ އޭރުގެ ޖެނަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާއި ރިޔާސަތަށް ގެނައި ބަދަލާއެކު، ފީފާއިން ޑެޑްލައިނެއް ކަނޑައެޅިއެވެ. މެއި މަހުގެ 31 ވަނަ ދުވަހެވެ. އެދުވަހުގެ ނިޔަލަށް އިންތިހާބު ނުބޭއްވިއްޖެނަމަ ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ހުރިހާ ހަރާކަތްތަކުން، މުއްދަތެއް ނެތް ގޮތަށް ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރެވެ.

ބައްސާމުގެ ރިޔާސަތުގެ ދަށުން އަސާސީ ގަވައިދު ފިފާގެ މިންގަޑުތަކަ އެއްގޮތަށް ފާސްކޮށް ތައްގަނޑު ޖަހައި އިންތިހާބުގެ ތާރީހް ކަނޑައެޅި އެވެ. އިންތިހާބުގެ ތާރީހަކީ ފީފާގެ ޑެޑްލައިންގެ އެންމެ ފަހު ދުވަހެވެ. ކުރިން ދިމާވި ކަހަލަ މައްސަލައެއް ދިމާވެގެން އިންތިހާބު ނުބޭއްވިޖެނަމަ، ނުވަތަ އިންތިހާބު ފަސް ކުރަން ސަރުކާރުގެ ވުޒާރާއަކުން އެންގިނަމަވެސް ރާއްޖޭގެ ފުޓްބޯޅަ އޮންނާނީ ސަސްޕެންޝަނެއްގެ ތެރޭގަ އެވެ.

އިންތިހާބުގައި ކުރިމަތިލާނެ ކަން އީގަލްސްގެ ވައިސް ޗެއާމަން އަދި މަހިބަދޫ ދާއިރާގެ މެންބަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ތޯރިގް (ޓޮމް) އާއި އޮލިމްޕިކް ކޮމިޓީގެ ޗެއާމަން އަދި ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވިދު އިއުލާން ކުރިއެވެ.

ނަމަވެސް އެންމެ ފަހުން އިންތިާބުގައި ވަދަ ކުރީ ޓޮމް އެކަންޏެވެ. ޝަވިދު ކުރިމަތި ނުލި ސަބަބާ ބެހޭގޮތުން އޭނާގެ ގާތް މީހަކު އޭރު ބުނެފައިވަނީ، އިންތިހާބު ދެކެނޑިޑޭޓަކު ވާދަކޮށް، އިތުރު މައްސަލަތަކެއް ފެންމަތިވެ އިންތިހާބު ދިގުލައިގެން ގޮސް ފީފާގެ ސަސްޕެންޝަނެއް ކުރިމަތި ވެދާނެ ކަމުގެ ބިރު ހީވުމުން ޝަވިދު ކުރިމަތި ނުލާން ނިންމީ ކަމަށެވެ.

ކޮންމެ އަކަސް މެއި މަހު 31 ވަނަ ދުވަހު އިންތިހާބު ބާއްވައި ރައީސް ކަމަށް ޓޮމް އިންތިހާބު ކުރިއެވެ. ދުރުގައި ވާނުވާ ބަލަން އޮތް ފީފާގެ ސަސްޕެންޝަންގެ އިންޒާރުން ރާއްޖެ ސަލާމަތްވީ "އެކުވެރި ކަމާއި ސުލްހަވެރި ކަމާއެކު" ބޭއްވުނު އިންތިހާބުންނެވެ.

ފަސް މެންބަރުން އިސްތިއުފާދީ ޓޮމްގެ ރިޔާސަތުގެ ގެއްލުން

މެއި މަހުގެ 31 ވަނަ ދުވަހުގެ އިންތިހާބަށް ފަހު، ދަރުބާރުގޭގައި ބޭއްވި ފުރަތަމަ އެކްސްކޯ ބައްދަލުވުމަށްހު، އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ކަމަށް ބައްސާމް އައްޔަން ކުރިކަން މީޑިއާގައި ޓޮމް އިއުލާން ކުރިއެވެ.

ޓޮމްގެ ދައުރުގައި ފުޓްބޯޅަ ގިނަ ބަދަލުތަކެއް ގެންނާނެ ކަމުގެ އިޝާރާތްތައް ދިނެވެ. ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ބައިނަލްއަގާވާމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ސްޓްރެޓެޖިކް ޕޭލޭން އެކުލަވާލާފައިވާ ބޭރުގެ ކުންފުންނަކާ ހަވާލު ކުރިއެވެ. ފުޓްބޯޅައިގެ ހަލަތު ދެނެގަތުމަށް އެސީ މިލަންގެ ކުރީގެ އެސިސްޓެންޓް ކޯޗް ޖެންސް ބެންގްސްބޯ ރާއްޖެ އައެވެ.

އަދި ފުޓްބޯޅަ މާކެޓްކޮށް ފޯރިގަދަ ކުރުމުގެ ޕްލޭންގެ ތެރެއިން ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ވެސް ރާއްޖެ ގެނެއެވެ.

ޓޮމް އަށް އޭނާގެ ދައުރު ހިންގާ ލެވުނީ ހަތަރު މަހެއްހައި ދުވަހުއެވެ. މައްސަލަތައް މީޑިއާ އަށް ތިލަވިއެވެ. ޖެނަރަލް ސެކެޓްރީގެ މަގާމުގައި ހުރި ބައްސާމް މަގާމުން ކަމުން ވަކި ކުރި އެވެ. އެއީ ޓޮމް ހެދި އެންމެ ބޮޑު ގޯހެވެ. އެކްސްކޯގެ ނިންމުމެއް ނެތި ބައްސާމް ވަކި ކުރު މެވެ. އަސާސީ ގަވައިދު ބުނާ ގޮތުން ޖެނަރަލް ސެކެޓްރީ އައްޔަން ކޮށް އަދި ވަކި ކުރަން ޖެހޭނީ އެކްސްކޯގެ ބައްދަލުވުމަކުން ފާސް ކުރުމަށްފަހު އެވެ.

ޓޮމް އަށް ހެދުނު ގޯސް ތަކާއެކު، އޭނާގެ ނިންމުތަކާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އެކްސްކޯގެ ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުން އެއްފަހަރާ އިސްތިއުފާ ދީ ޓޮމްގެ އެކްސްކޯގެ ބާރު ކަނޑުވާލި އެވެ.

ޓޮމްގެ އެކްސްކޯ އިން އިސްތިއުފާ ދިން ފަސް މެންބަރުން:

- ނައިބުރައީސް އަލީ އުމަރު
- އެކްސްކޯ މެންބަރު އަހްމަދު ޝަކީބް (ޑޮކް)
- އެކްސްކޯ މެންބަރު އައިޝަތު ނާޒިމާ (ނާޒީ)
- އެކްސްކޯ މެންބަރު އައްސަދު އަބްދުލް ގަނީ
- އެކްސްކޯ މެންބަރު އަހްމަދު އީސާ

ފީފާއިން މައްސަލައިގެ ތެރެއަށް ވަދެ، ބައްސާމް ވަކި ކުރަން ބޭއްވި އެކްސްކޯ ބައްދަލު ވުމުގެ ޔައުމިއްޔާ ފޮނުވުމަށް އެފްއޭއެމް އަށް އެންގިއެވެ. އޭރު އެފްއޭއެމް ވަގުތީ ގޮތުން ހިންގަމުން ދިޔައީ މިހާރުގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު (ޖަވާ) އެވެ. އެފްއޭއެމުން ފީފާ އަށް ދިން ޖަވާބަކީ ޖެނަރަލް ސެކެޓްރީ ވަކި ކުރަން އެކްސްކޯ ބައްދަލުވުމެއް ބޭއްވިކަމަށް ފެންނަން ނެތް ކަމަށެވެ.

ފީފާއިން ބައްސާމްގެ މަގާމު އިޔާދަކޮށް އޭނާއާ އެފްއޭއެމް ހިންގަން ހަވާލު ކުރި އެވެ. އޭރު އޭއެފްސީގެ ޖެނަރަލް ސެކެޓްރީ ދިން ހާއްސަ ދައުވަތެގައި ބައްސާމް ހުރީ އިންޑިއާގައި ބާއްވަން ތައްޔާރުވަމުން ދިޔަ އޭއެފްސީ ކޮންގްރެސް އަށް އިންޑިއާ އަށް ގޮހެވެ.

ޓޮމްވެސް އިންޑިއާ އަށް ވަޑައިގެން ނެވިއެވެ. ޓޮމްގެ އާގިއުއަކީ ޖެނަރަލް ސެކެޓްރީގެ މަގާމު އައްޔަން ކުރަންވެސް އެކްސްކޯއިން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ފީފާގެ އެންގުމަށް ބައްސާމް އަލުން މަގާމާ ހަވާލުވި އެވެ.

އެއް އަހަރުތެރޭ ދެ ވަނަ އިންތިހާބު، ބައްސާމް ރައީސް ކަމަށް

ޓޮމްގެ އެކްސްކޯގެ ފަސް މެންބަރުން އިސްތިއުފާ ދިނުމުން އިންތިހާބު ބޭއްވީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ޖެނަރަލް ސެކެޓްރިގެ މަގާމުގައި ހުރި ބައްސާމް އެފްއޭއެމް ރައީސް ކަމަށް ވާދަ ކުރައްވަން އިއުލާން ކުރިއެވެ. ދެން ވާދަ ކުރީ ޓޮމް އެވެ.

ޓޮމް އާއި ބައސާމް ވާދަވެރިކަމުގެ ތެރެއިން ފުޓްބޯޅަ އާއިލާވެސް ދެކަފިވެ ހިޔާލު ތަފާތު ވިއެވެ. ސީނިއާ ބައެއް ކުޅުންތެރިންާއި ބައެއް ކޯޗުން ތާއިދު ކުރީ ޓޮމް އަށެވެ. އެހެން ބައެއް ކުޅުންތެރިނާ ކޯޗުން ބައްސާމް އަށްވެ. ވާދަވެރި މާއހައުލެއްގެ ތެރެއިން ތިން ވޯޓްގެ ތަފާތުން ބައްސާމް އެފްއޭއެމްގެ ރައީސް ކަމަށް ވަޑައިގެންވިއެވެ.

  • ޢިބްރާހީމް

    ޙޭވި ހަޑި މާރަގަޅު ވީސް މަޖުލިސް ތެރެން ކުރަން ހުރި ކަންތައް ކުރަން ހުރި ނަމަ ދިވެހި ރާއްޖޭގެ ކުޅިވަރު ތަކަށް ސިޔާސީ މީހުން ނުވަދޭ ކުޅިވަރުގެ ރޫހު ގެއްލެނީ

    1
    REPLY
    CLOSE

ފަހުގެ ޚަބަރު